ވައިގޮޅިއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން ހަރަކާތްތެރިވަނީ
ވައިގޮޅިއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން ހަރަކާތްތެރިވަނީ
މާލޭގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު އޭނާ ދިރިއުޅޭ ގޭގެ ވައިގޮޅިއަށް ވެއްޓި މަރުވެފައި އޮށްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނުން ފެށިގެން މާފަންނުގައި ހުންނަ ގެއެއްގައި އުޅޭ އުމުރުން 37 އަހަރުގެ ފިރިހެނަކު ނުފެނިގެން މިރޭ 22:17 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ. އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުންނަށް އޭނާ ގޭގެ ވައިގޮޅި ތެރޭގައި އޮއްވާ ފެނުނީ މިރޭ 22:36 ގައި ކަމަށް އެއިދާރާއިން ބުނެއެވެ.

އޭނާ ފެނުމާއެކު އައިޖީއެމް ހޮސްޕިޓަލަށް ގެދިޔަކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނިކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން