ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ނާސަރީއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން،
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ނާސަރީއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން،
ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ބޭނުންވާ ގަސް އިންދުމަށް ފަރުކޮޅުފުށީގައި ނާސަރީއެއް ތަރައްގީކުރަން ނިންމައިފިއެވެ.

މި ނާސަރީ ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެގޮތުން މި އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެ ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެއެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުން މި ނާސަރީއިން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަދި އެ ޕްރޮގްރާމު ނިމުމަށްފަހުވެސް ދިގުމުއްދަތަކަށް ފައިދާ ލިބޭނެ ގަސްތައް މި ނާސަރީން އުފައްދަމުންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭގެ ތެރޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު އެއް މިލިއަން ގަސް އިންދާނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ. އެ ޕްރޮގްރާމުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަށްތައް ފެހިކުރުމަށް އެ ކުންފުނިން ހިފާފައިވާ އަމާޒަށް ވާސިލުވާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން