ދ. ކުޑަހުވަދޫ އަދި އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހާމަ ކޮށްފިއެވެ.

މި މަޝްރޫއުތަކުގެ އަދާހަމަ ހާމަ ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، އޯކިޑް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި މަގު ލެވެލް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

‎މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުއެވެ. މަޝްރޫއަށް 122 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.



އަދި މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެރަށު ގެވެހި މަގުގައި ޕަންޕު ސްޓޭޝަންގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95,043,314.41 ދިވެހި ރުފިޔާއެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން