ސަރުކާރުގެ އިސްފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
"އެގްޒެކްޓިވް ޑިވެލޮޕްމެންޓް ޕްރޮގްރާމު" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމު ފަށާފައިވަނީ މިއަދުއެވެ.
ރައީސް އޮފީހުން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި)ގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ސިޔާސީ ގޮތުން އައްޔަން ކުރާ މީހުން ހިމެނޭ ގޮތަށް، ސަރުކާރުގެ އިސް ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމުގައި މެނޭޖްމަންޓް ހުނަރުތައް އިތުރުކުރުމާއި، މުއައްސަސާތަކުގެ ހަރުދަނާކަން އިތުރުކުރުމާއި، އެންމެ ރަނގަޅު އުސޫލުތަކާއި، އެކި އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލެވޭނެއެވެ.
އަދި މި ޕްރޮގްރާމް ކުރިއަށްގެންދެވޭނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރތަކާއި، ވަރކްޝޮޕްތަކާއި، އަދި މާހިރުން އިސްނަގައިގެން ބާއްވާ މަޝްވަރާތަކުގެ ބައްދަލުވުންތައް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން މިއަދު ކުރިއަށްދިޔައިރު، އެ ސެޝަން ކުރިއަށްގެންދެވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)ގެ ރައީސް ހުސެން އަފީފެވެ. އޭނާ ވާހަކަ ދެއްކެވީ "ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ސަގާފަތެއްގެ ތެރެއިން އިސްނަގައި ޤައުމު ބަދަލުކުރުން" މި މައުޟޫއަށެވެ.
މި ސެޝަނުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި މުއައްސަސާތަކުން ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު