ފޯނު ބަލަމުން ސައިކަލު ދުއްވި މީހެއްގެ ވީޑިއޯ އާންމުވުމުން އެ މީހާ ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މި މީހާ ޖޫރިމަނާ ކޮށްފައި ވަނީ މީސް މީޑިޔާގައި އޭނާގެ ވީޑިއޯ ދައުރުވަމުން ދަނިކޮށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މީހަކު ހައިވޭ މަތީގައި ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އެ ސައިކަލު ފަހަތުގައި އަންހެނަކު އިންނަ ތަން ވެސް ވީޑިއޯއިން ފެނެއެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖްގައި ބުނީ މީސް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، 2000 ރުފިޔާއިން އެ މީހާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލު ދުއްވި މީހާގެ ލައިސަންސް ވެސް ހިފެހެއްޓިކަމަށް ފުލުހުން ބުންޏެވެ.
ތިމާއާއި، މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު