ސިވިލް ސާވިސް އިން އެޓާރނީ ޖެނެރަލްގެ (އޭޖީ) އޮފީސް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބިލުގެ މަސައްކަތް ނިންމައި، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައިވެސް ވަނީ ބަހުސްކޮށް ވޯޓަށް އަހާފައެވެ. އެހެންނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން އިއްޔެގެ ޖަލްސާގައި ވޯޓު ދިނީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.
އަދި ރޭ ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބިލަށް ވަނީ ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ބަންޑާރަނައިބުގެ ލަފާގެ މަތިން ޑެޕިއުޓީ އޭޖީ އައްޔަންކޮށް، ވަކިކުރާނީ ރައީސް ކަމަށް ނިންމުމާއި، ޑެޕިއުޓީ އޭޖީއާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން މުވައްޒަފުންގެ މަގާމުތައް ތަރުތީބުވެފައިވާ އޮނިގަނޑު ކަނޑައަޅާނީ ބަންޑާރަނައިބު ކަމަށް ނިންމުން ހިމެނެއެވެ. އަދި އޭޖީ އޮފީހުގައި 20 އަހަރު ޚިދުމަތްކުރުމުން ނުވަތަ އޭޖީ އޮފީހުގައި 10 އަހަރު ޚިދުމަތްކުރުމާ އެކު 10 އަހަރު އެހެން އިދާރާއެއްގައި ޚިދުމަތްކުރުމަށް ފަހު އިނާޔަތާ އެކު ރިޓަޔާކުރެވޭ ގޮތަށް ނިންމުންވެސް ހިމެނެއެވެ.
މި ބިލަށް އިސްލާހުތައް ގެނެސް ތަޅުމަށް ފޮނުވުމުން، މަހިލީހުގެ ތަޅުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މުސާވެސް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންކަމަށް ބަޔާންކުރަނީ ޑެޕިއުޓީ އޭޖީއާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުން ގޮތުގައި ކަނޑައެޅުމެވެ. މި އިސްލާހު ފާސްވީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.
މި އިސްލާހުތަކާއެކު މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުން ބިލް ވަނީ ފާސްކޮށްފައެވެ.
މި ބިލުގައިވާ ގޮތުންނަމަ އޭޖީ އޮފީހުގެ މުވައްޒަފުން ވަނީ ދެ ބަޔަކަށް ބަހާލައިފައެވެ. އެއީ، ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ.
މީގެ އިތުރުން މި ބިލުގައި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ގާނޫނީ ބާރުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެގޮތުން ބަންޑާރަ ނައިބުގެ ގޮތުގައި ހުންނަ ފަރާތަކުން ކޮށްގެން ނުވާނެ ކަންތަކުގެ ތެރޭގައި ހިމެނެނީ:
- މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ނުވަތަ ފައިދާއެއް ލިބޭފަދަ އެ ނޫން ވެސް މަގާމެއް ފުރުން ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން.
- ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވުން ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކުރުން.
- ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފުން.
- ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ބަންޑާރަނައިބުގެ މަސްލަހަތެއް ބޭއްވުން.

ކިޔުންތެރިންގެ ހިޔާލު