މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހުގެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެެއިންއެވެ.

މި ބިލުގައި ވާގޮތުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފައްދައިފިނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ވެއެވެ.

އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހަމަ މިއާއެކު 100،000 ރުފިޔާ އާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.

މީގެ އިތުރުން ބިލުގައިވާ ގޮތުންނަމަ އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް ކުށެކެވެ. އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށް ވެއްޖެނަމަ އެ ކުށަށް އަރައިގެންފި މީހަކު 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.

މި ބިލު ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއެކުއެވެ.

ރާއްޖޭގައި ތަފާތު އެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާއިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އެކަން ބޮޑެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން