އަންހެން ކައުންސިލަރުންގެ އަދަދު 40 އިންސައްތަ އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އަންހެން ކައުންސިލަރުން ތިބެން ޖެހޭ އަދަދު 33 އިންސައްތަ އަށް ހަދައި އަންހެނުންގެ ކޮމެޓީތައް (ޑަބްލިޔުޑީސީ) އުފެއްދީ 2021 ވަނަ އަހަރު އެވެ.
މިހާރު ކައުންސިލްތަކުގައި 370 އަންހެން ކައުންސިލަރުން ހިމެނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގައި 930 މެމްބަރުން ހިމެނެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ކައުންސިލްގައި އަންހެނުން ބާރުވެރި ކުރުމަށް މިހާރު އޮތް ފުރުސަތު އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
"33 ޕަސެންޓު ކައުންސިލް [އަންހެން] މެމްބަރުންނަށް ވާން ޖެހޭ ގޮތަށް މިހާރު މި އޮންނަނީ. އަޅުގަނޑުމެން އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް ނިންމާފައި މިއޮތީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކާޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައި މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހެ އެވެ. އަދި 3،000 އަށް ވުރެ މަތީގެ އާބާދީ ހިމެނޭ ރަށްތަކުގައި ހަތް ކައުންސިލަރުން ތިބޭނެ އެވެ.
ފަސް ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލެއްގައި ދެ އަންހެން ކައުންސިލަރުންނާއި ހަތް ކައުންސިލަރުން ހިމެނޭ ރަށްތަކުގައި ތިން އަންހެން ކައުންސިލަރުން ތިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު