މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް
ސީރީއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ސައުދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ކުރެއްވި މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތައުރީފް ކުރައްވައިފި އެވެ.

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ ޓްރަމްޕް މިހާރު މެދު އިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ނިންމުމާ ގުޅިގެން މިނިސްޓަރު ޝަހީމް އެކްސްގައި ވިދާޅުވީ މިއީ އުއްމީދީ ނިންމުމެއް ކަމަށެވެ.

އަދި ސީރިއާގެ ރައްޔިތުން ވަރަށް ދަތި ހާލުގައި އުޅެމުންދާތާ އަހަރުތަކެއް ވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ސީރިއާއަކީ ވަރަށް ޒަމާންވީ މުއްސަނދި ހަޟާރަތެއްވެސް އޮތް ގައުމެއް ކަމަށާއި އެ މީހުން ވެސް ކަރާމާތްތެރިކަމާއެކު އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަަމަށެވެ.

އަދި ސީރިއާާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ސައުދީގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތް މިނިސްޓަރު ޝަހީމް ފާހަގަ ކުރައްވައި އެމަނިކުފާނަށް ތައުރީފް ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން