އަހަރުތަކަކަށްފަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން އައްޑޫ ސިޓީގައި ބާއްވާ އިލެވެންއެސައިޑް ފުޓުބޯޅަ މުބާރާތް "ޑީޑީ ކަޕް 2025" މިއަދު ފަށައިފިއެވެ.
ޗެމްޕިއަން ޓީމަށާއި އެންމެ މޮޅު ޓީމުތަކަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ދީދީ (ޑީޑީ) އިންތިޒާމު ކުރައްވައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެވެ.
މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން 1 ގެ ނިޔަލަށެވެ. އަދި މުބާރާތް ކުރިއަށްދާނީ މަރަދޫ ފުޓުބޯޅަ ދަނޑުގައެވެ.
މިމުބާރާތުގައި ފަސް ޓީމަކުން ޖުމްލަ 13 މެޗު ކުޅޭނެއެވެ. މީގެތެރެއިން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށް ދާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހަވީރު 16:00 ގައެވެ. އަދި ސެމީ ފައިނަލް އާއި ފައިނަލަށް ދާ ޓީމުތަކުގެ މެޗުތައް ކުރިޔަށްދާނީ 15:45 ގައެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ ސޮބާހް މެމޯރިއަލް ޓީމް (އެސްއެމްޓީ) ފްރެންޑްސް ކްލަބް، އެފްސީ ޒެފިޔާ، މައިލޯ ސިޓީ ފަހަރަސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް މައިލޯ އެވެ.
މިހާރު ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ސޮބާހް މެމޯރިއަލް ޓީމާއި ފްރެންޑްސް ކްލަބެވެ.

ކިޔުންތެރިންގެ ހިޔާލު