މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގު މައްޗަށް ދޫކޮށްލައިފައި ދިޔަ 200އަށް ވުރެ ގިނަ ސިނގިރެޓް ކާޓަންތަކާ ހަވާލުވާނެ ބަޔަކު ނުވެ ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން އެ ސިނގިރެޓް ކާޓަންތަކަކީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޮންޑެޑްވެއާ ހައުސްއިން ގެއްލުނު ކާޓަންތަކެކެވެ.
އެ މައްސަލައިގައި ބަނގުލަދޭޝްއަށް ނިސްބަތްވަ ތިން ބިދޭސީއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހި އެވެ. އެ ތިން މީހުން ހައްޔަރުކުރީ ސިނގިރެޓް ކާޓަންތައް ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ބުނެފައިވަ ގޮތުން އެ ކާޓަންތައް ގެއްލިގެން އެއްވެސް ބަޔަކު ރިޕޯޓެއް ނުކުރެ އެވެ.
އަދި އެ މީހުންނަކީ ގަވައިދާ އެއްގޮތަށް ވިސާއާއެކު އުޅޭ ބަޔަކަށް ވާތީ ޕާސްޕޯޓް ހިފަހައްޓައި ޝަރުތުތަކާއެކު ދޫކޮށްލައިފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު