އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު
އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު
އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންވެސް ގޮވާލަމުންދަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ކަމަށްވާތީ ވަގުތުން ވަގުތަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ރޯގާ ބަލިމަޑުކަމާއި ގުޅިގެން އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންވެސް ގޮވާލަމުންދަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ރައީސް ޔާމިން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ސަރުކާރަށް ގޮވާލާފައި ވެއެވެ.

ޖެނީވާގައި ހުންނަ އދ. ގެ އޮފީހުން ކޮށްފައިވާ ޓްވީޓެއް ޓެގް ކުރައްވައި އާދަމް ޝަރީފް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން އިޖްތިމާޢީ ގައިދުރުކަމަށް ބާރު އެޅުމުގެ ގޮތުން ޖަލުތަކުގައި ކޮންމެހެން ތިބެންޖެހޭ މީހުން ނޫން އެހެނިހެން ކުށްވެރިން ދޫކޮށްލުމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރ ވަނީ ގޮވާލައްވާފައެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ވަނީ ބައިބޯ ޖަލުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމުގެ އިންޒާރުދީފައެވެ. އަދި އެފަދަ ކާރިސާއަކުން ސަލާމަތްވުމަށް ޖަލުތަކުގެ އާބާދީ ވީހާވެސް ކުޑަކުރުމަށް އެ އޮފީހުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސައިޚް

09-Apr-2020

ތިކަމެއް ނެތްކޮއްދެވޭކަށް, ސޮރީ, 5 އަހަރު މަޑުކުރަންޖެހޭނެ, އަދި 5 މިލިއަން ނުދައްކާ,


-12

ޒަހީން

08-Apr-2020

ޔާމީން އަކީ ސިޔާސީ ކުށްވެރި އެއްނޫން..އޭނާ ޖަލަށް ލާފަ އެހުރީ ވައްކަން ކޮށްގެން.އޭނަ ދޫކުރަންޔާ ޖަލުގައި ވައްކަމުގެ ކުށުގައި ތިބި އެންމެން ދޫކުރަން ޖެހޭ.



ޓްރެންޑިން