އައިޖީއެމްއެޗް
އައިޖީއެމްއެޗް
މިދުވަސްވަރު ރޯގާއާއި ހުން ފެތުރޭވަރު އިތުރުވެފައިވާތީ ކުދިން ބަލިވެއުޅޭނަމަ ސްކޫލަށް ނުފޮނުވުމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ މިދުވަސްވަރު ރޯގާޔާ ހުން ވަރަށް ބާރަށް ފެތުރޭ ކަމަށާއި، އެހެންކަމުން ކުދިން ބަލިވެއުޅޭނަމަ ސްކޫލަށް ނުފޮނުވަން ވަނީ އިލްތިމާސް ކޮށްފަައެވެ.



އަދި މި ބަލިތަކުން ރައްކާތެރިވުމަށް އަޅާނެ ބައެއް ފިޔަވަޅުތައްވެސް ޑރ. ވަނީ ވިދާޅުވެދެއްވާފައެވެ. އެގޮތުން ގިނަގިނައިން އަތްދޮވުމަށާއި، ކުދިން ބަލި ނަމަ ސްކޫލަށް ނުފޮނުވުމަށާއި، ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ބަންދުކުރުމަށާއި އަދި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައި ވެއެވެ.

އަދި ރޯގާޖެހި ނޭވާއަށް އުނދުގޫވާނަމަ ނުވަތަ ހުންއަންނަތާ ތިން ދުވަސް ވެއްޖެނަަމަ ޑޮކްޓަރަށް ދެއްކުމަށްވެސް ޑރ ފައިިސަލް އިރުޝާދު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން