އައްޑޫސިޓީ މަރަދޫގައި ކުރިއަށްދާ ޑީޑިކަޕް 2025 ގައި އެފް.ސީ. ޒެފެއަރ އާއި މައިލޯ ސިޓީ މިއަދު ބައްދަލުކުރިމެޗް މައިލޯސިޓީ ކާމިޔާބުކޮށްފިއެވެ.
ހިތަދޫ ދެޓީމްގެ މެދުގައި ވާދަވެރިކަން ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފްގެ ކުޅެމުންދަނިކޮށް ވާރޭވެހެންފެށިނަމަވެސް ދެޓީމުންވެސް ހިތްވަރާއެކު ލަނޑެއް ކާމިޔާބު ކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގައި އެފްސީ ޒެފެއަރ އިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް މައިލޯސިޓީ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ވާރެއާއި އެކު ފެށި ދެވަނަ ހާފްގައި ދެޓީމުގެ ކުޅުން ވަރުގަދަކޮށް ފެނިގެން ދިޔައިރު މައިލޯ ސިޓީގެ ކުޅުން ފެނިގެން ދިޔައީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 80 ވަނަ މިނިޓުގައި އެޓީމުގެ ފޯވާރޑް އިބްރާހީމް މަހްދީ ވަނީ ގޯލެއް ކާމިޔާބުކޮށް ސަޕޯޓަރުން އުފާކޮށްދީފައެވެ.
މިއަދުގެ މެޗް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއިން މައިލޯސިޓީ އެފްސީ ޒެފެއާރ ގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ހަމައެކަނި ލަނޑު މައިލޯސިޓީ އަށް ކާމިޔާބުކޮށްދިން އެޓީމުގެ ޖާޒީ ނަމްބަރު 17، އިބްރާހީމް މަހްދީ ހުސައިން އެވެ.
މަރަދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ މަރަދޫ އަށް ނިސްބަތްވާ ސޮބާހް މެމޮރިއަލް ޓީމް (އެސް.އެމް.ޓީ) އާއި ހިތަދޫގެ އެފްސީ ޒެފެއަރ އެވެ. މި މެޗު އޮންނާނީ 20 މެއި 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު