ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަން މަދުކުރަން ނިންމައި ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހެވެ. އެ ބިލުގެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމީ އޭގެ ޖެހިގެން އައި ދުވަހު ދަންވަރު 12:30 ގައެވެ. އަދި މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓާއެކު އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ އިސްލާހު ގެނައުމަށް ނިންމީ، ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.
އެ އިސްލާހުގައިވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ.
ގާނޫނުގައި ކުރިން އޮތް ގޮތުންނަމަ، ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް ނުވަތަ 345 އަށް ވުރެ ގިނަ ދުވަސް އޮތް ނަމަ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
މި ބިލު ތަސްދީގުކޮށް ގެޒެޓުގައި މިއަދު ވަނީ ޝާއިއު ކުރައްވާފައެވެ. އަދި މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުންް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު