ރައީސް މުއިއްޒު މުއްޔަށް ވަޑައިގަތުން
ރައީސް މުއިއްޒު މުއްޔަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުލަކަތޮޅު މުއްޔަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މިއީ މ. މުލީގައި ތަރައްގީކުރި އެއާޕޯޓު ހުޅުވައިދެއްވުމަށް ރައީސް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސް، މުއްޔާއި ނާލާފުއްޓާ ދެމެދުގައި އަޅާ ކޯޒްވޭގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ރައީސްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މުލީ އެއާޕޯޓް ހުޅުވަން ކުރިން ނިންމާފައި އޮތީ މިދިޔަ މަހު ފަހުކޮޅުއެވެ.

އެއާޕޯޓް ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް މި މަހު ކުރީކޮޅު އެއަރޕޯޓް ވަނީ އާންމު ދަތުރުތަކަށް ހުޅުވާލައިފައެެވެ.

ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މުލީ އެއަރޕޯޓުގެ ރަންވޭއަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.

އެމްޓީސީސީން ކުރިޔަށް ގެންދިޔަ މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތުން ހޭދަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން