ރައީސް ޑރ. މުހައްމަދު މުއިއްޒު، މުލީ އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އެ އެއާޕޯޓް ހުޅުވައިދެއްވީ މިއަދު ހެނދުނު މުލީ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މުލީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަަސްމިއްޔާތުގައި މުލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.
ކުރިން މުލީ އެއާޕޯޓު ހުޅުވަން އޮތީ މިދިޔަ މަހު ފަހުކޮޅު އެވެ. އެހެން ނަމަވެސް ރައީސްއަށް މުއްޔަށް ވަޑައިނުގެންނެވިގެން އެ އެއާޕޯޓް ހުޅުވުން ފަސްކުރީއެވެ.
މުލީ އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ ޖުމްލަ 54 ހެކްޓަރުގެ ބިމެއްގައެވެ. އެއަރޕޯޓުގެ ޓެސްޓު ފްލައިޓް ޖައްސާފައިވަނީ އޭޕްރީލް 25 ވަނަ ދުވަހުއެވެ. އަދި މޯލްޑިވިއަން އެއަރލައިންގެ ކޮމާޝަލް ދަތުރުތައް މުއްޔަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ގައެވެ.
މުލީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޞާލިޙްގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ބިން ހިއްކައި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު