މިއަދު ރަސްމީކޮށް ހުޅުވި މުލީ ރީޖަަނަލް އެއާޕޯޓަށް ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުލި އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓް އަޅަން ބިން ހިއްކަން 2014 ވަނަ އަހަރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެއާޕޯޓްގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށާއި ނަމަވެސް އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ އަވަހަށް ނިންމަން އެންގި މަޝްރޫއުތަކުގެ ތެރޭގައި އެ މަޝްރޫއު ހިމަނަން ރައީސް މުއިއްޒު އެންގެވިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މުލީ އެއާޕޯޓާއެކު އެ އަތޮޅަށް ޓޫރިޒަމްގެ އިތުރު އެތައް އިންވެސްޓްމަންތްތަކެއް އައިސް ތަރައްގީއަށް މަގުފަހިވެގެންދާނެ ދޮރާއްޓަކަށް އެ އެއާޕޯޓްވެގެންދާނެ ކަމަށެވެ.
"މިއަދު ހުޅުވިގެންދާ މި މަޝްރޫއަށް ޖުމްލަ 2014 ވަނަ އަހަރު ފެށުނު ބިން ހިއްކުމުގެ މަޝްރޫއުން ފެށިގެން މިއަދު ހުޅުވުމާ ހަމައަށް 540 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ މި އަތޮޅުގެ އާބާދީގެ ނިސްބަތަށް ބަލާނަމަ ކޮންމެ ބޮލަކަށް 100,000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
މުލީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު