އައްޑޫސިޓީ މަރަދޫގައި ކުރިއަށްދާ ޑީޑިކަޕް 2025 ގައި މަރަދޫ އެސްއެމްޓީ އާއި ހިތަދޫ އެފް.ސީ. ޒެފެއަރ މިއަދު ބައްދަލުކުރި މެޗު އެސްއެމްޓީއިން އެންމެފަހުވަގުތު ޒެފެއަރ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ދެޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާ މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޒެފެއަރ އިން އެސްއެމްޓީގެ ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭތޯ ކުރި މަސައްކަތުން އެޓީމުން ވަނީ ލިބުނު ފުރަސަތުގެތެރެއިން މެޗުގެ 38 ވަނަ މިނިޓުގައި ގޯލެއް ޖަހައި ލީޑުނަގާފައެވެ. އެ ލަނޑު ޒެފެއަރ އަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖޯޒީ ނަމްބަރު 21، ޔޫސުފް ޝާއިފުއެވެ.
ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ޒެފެއަރ އިން ގޯލެއް ކާމިޔާބު ކުރުމުން އެސްއެމްޓީގެ ކުޅުންތެރިންގެ ފަރާތުން އިތުރު ހިއްވަރެއް ނެރެ ވަރަށް ބޮޑަށް މަސައްކަތް ކުރިތަންވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ހާފް ނިމިގެން ދިޔައީ އެސްއެމްޓީއަށް ލަނޑެއް ނުޖެހި 1-0 ގެ ނަތީޖާއާއެކު ޒެފެއަރ ލީޑުގައި އޮވެގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް އެސްއެމްޓީ އިން ދެވަނަ ހާފު ފެށީ ކަށިން ހިތްވަރު ނެރެ، ގެން ނުހަނު ޖޯޝާފޯރީގައެވެ. އެގޮތުން އެޓީމުން ވަނީ ތަފާތު ކޮޅުމެއް ދައްކައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.
ޒެފެއައިން ލީޑުގައި އޮވެ ނިއްމާލަން މަސައްކަތްކުރީ ކޮންމެހެންވެސް އެސްއެމްޓީގެ އަށްދަށުނުވެ މޮޅަކުން މެޗު ނިންމާލަށެވެ. ނަމަވެސް އެސްއެމްޓީއިން ފަހުހާފުގައި ގެނަން ފެށި ބަދަލުގެ ސަބަބުން އެޓީމުގެ ސްޕީޑް ހަލުވިވެ، ޒުވާން ކުޅުންތެރިން ހިފަހައްޓަން ޒެފެއަރ އަށް ވީ ނުހަނު ދަތި ކަމަށެވެ.
އެގޮތުން ފައުލްތައް ގިނަވެ މިމެޗުގައިވަނީ 3 ރީނދޫކާޑާއި 01 ރަތްކާޑް ފެނިގެން ގޮސްފައެވެ. އޭގެތެރެއިން 01 ރީދޫކާޑް އެސްއެމްޓީގެ ކުޅުންތެރިޔަކަށް ދައްކާފައިވާއިރު 02 ރިނދޫ ކާޑް ދައްކާފައިވަނީ ޒެފެއަރ ގެ ދެކުޅުންތެރިއަކަށެވެ. މީގެތެރެއިން ޒެފެއަރ ގެ ޖާޒީ ނަމްބަރު 11، މުޙައްމަދު ދާނިޝް އަށް މެޗުގެ 62 މިނިޓުގައި ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކުމަށްފަހު ދަނޑުން ބާލަންޖެހުނީ ކުރިން މެޗުގައި ރީނދޫ ކާޑެއް ދައްކާފައިއޮތުމުން ދެކާޑް ހަމަވުމުންނެވެ.
ކުޅުންތެރިޔަކު މަދުކޮށް ކުޅެންޖެހުމުގެ ސަބަބުން ޒެފެއަރ އަށް ޖެހުނީ އެޓޭކިން އަށްވުރެ ޑިފެންސިވް ގޭމެއް ކުޅުމަށެވެ. އެހެންނަމަވެސް އެސްއެމްޓީން ޒުވާން ކުޅުންތެރިން ހިފެހެއްޓުންވީ ވަރަށް އުނގަދޫކަމަކަށެވެ.
ނަތީޖާ އެއްވަރު ކޮށްދިން ލަނޑު އެސްއެމްޓީން ކާމިޔާބުކޮށްފައިވަނީ މެޗުގެ 90 މިނިޓުގެ ހަމަވެ ދިން 05 މިނިޓުގެ އިތުރުވަގުތުގައެވެ. އެލަނޑު ޖަހާފައިވަނީ އެޓީމުގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ސަހާއު އެވެ.
މިމެޗު ނިމިގެންދިޔައީ 1-1 އިން ދެޓީމް އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކީ އެސްއެމްޓީގެ ޖޯޒީ ނަމަބަރ 6، ހަސަން ލައުހު އެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ: އެސްއެމްޓީގެ ޖާޒީ ނަމްބަރު 6، ހަސަން ލައުހު - ފޮޓޯ: ޑީޑީކަޕް
ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ ފޭދޫގެ ފްރެންޑްސް ކުލަބް އާއި ހިތަދޫގެ ޔުނައިޓެޑް މައިލޯއެވެ. މި މެޗު އޮންނާނީ 21 މެއި 2025 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު