ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މ. މުލީގައި ތަރައްގީކުރި އެއާޕޯޓު މިއަދު ހުޅުވާފައިވާއިރު އެކަމާ ގުޅުވައި، ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އާއްމުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހދ. ކުޅުދުއްފުށީގައި އެޅި އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއްކަމަށެވެ. ހަމައެގޮތަށް މި ސަރުކާރުން އެއާޕޯޓުތައް ތަރައްގީކުރަން ނިންމާފައިވާ ތިނަދޫ ސިޓީ އެއަރޕޯޓުގެ މަސައްކަތްވެސް ވާނީ ގޯހަކަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"ތިނަދޫގައި ވެސް އެއަޕޯޓެއް އެޅުން ވާނީ ގޯހަކަށް. ފައިނުގައި ވެސް އެއާޕޯޓެއް އެޅުން ރަނގަޅެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏަކާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކުރިއެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވާލައި، ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ނިންމައިފައެވެ.
ފައިނުގައި ރައީސް ޔާމީންގެ ސަރުކާރުގައި އެއާޕޯޓެއް އެޅުމަށް މަސައްކަތް ފެށިއެވެ. ނަމަވެސް އެކަމާ ދެކޮޅަށް ގިނަބަޔަކު އަޑުއުފުލާފައިވަނިކޮށް ރައީސް ޞާލިޙްގެ ސަރުކާރުން ނިންމީ ފައިނުގައި އެއާޕޯޓު ނާޅާގޮތަށެވެ. އޭގެފަހުން މިސަރުކާރުން މިހާރުވަނީ ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަލުން ފަށަން ނިންމާ އެމްޓީސީސީއާ އެ މަސައްކަތް ހަވާލުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު