މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސެއިން
މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސެއިން
މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ޓަވަރެއް ކައިރިން މާރާމާރީ ހިންގައި ދެ ފޯނު ފޭރިގަތް މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސެއިން އެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޯނު ފޭރިގަނެ ހިންގި މާރާމާރީގައި ރައިހާން ވަނީ އެކެއްގެ ބޯ ފަޅާލައި އެހެން މީހެއްގެ ބުރަކަށީގެ އެކި ތަންތަނުން ދުޅައަރުވާލައި އެމީހާގެ ދެ އަތުގެ އުޅަނބޮށި ވެސް މަށާލައިފަ އެވެ.

އެ އަނިޔާތަކާ ގުޅިގެން ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން