ކޯވިޑް-19 އާ ގުޅިގެން، މެލޭޝިޔާގައި ތިބި ދިވެހީންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ފޮރިން މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ.
މެލޭޝިޔާގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް 7 އެޕްރީގައި ބާއްވާ މޯލްޑިވިއަން ގެ ފްލައިޓުން ހިލޭ ކެއަރ ޕެކޭޖު ފޮނުވޭ ގޮތަށް ހަމަޖެހިފައިވާކަން ދިވެހި ޚާރިޖިއްޔާގެ އޮފީހުން އިޢުލާން ކޮށްފައިވަނީ މެލޭޝިޔާ ގަޑިން މިރޭ މެންދަމު 12 ވެސް ޖެހިފަހުންނެވެ.
ފޮރިންގ މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ކޮންމެ ޢާއިލާއަކަށް ވެސް ފޮނުވެނީ ގިނަވެގެން 15 ކިލޯގެ ތަކެއްޗެވެ. އަދި، ފޮނުވޭނެ ތަކެއްޗާއި ނުފޮނުވޭނެ ތަކެތިވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މެލޭޝިޔާއަށް ތަކެތި ފޮނުވުމަށް ފުރުޞަތު ދޭނީ، އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 500 މީހުންނަށް ކަމަށާއި، ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 08:00 ން ހަވީރު 16:30 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗާ ޓަރމިނަލް ކައިރީގައި ބެހެއްޓިފައިވާ ޚާއްޞަ ކައުންޓަރު ތަކަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު