ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތަކެއް އަޅަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތަކެއް އަޅަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތަކެއް އަޅަން ސޮއިކޮށްފި އެވެ.

އެ އިމާރާތްތައް އަޅަން ހައުސިން މިނިސްޓްރީއާއި ޗައިނާއާ ދެމެދު ސޮއިކުރީ މިއަދު އެވެ.

އެ އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސަފީރު ކޮންގް ޒިންހުއާ އެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

ކޮންސްރަކްޝަން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތުގެ މާހައުލަށް ކަމުދާނެ ޒަމާނީ ވޯކް ސްޕޭސްވެސް ހިމެނޭ ގޮތަށް 50 ކައުންސިލް އިމާރާތް އަޅާނެ ކަމަށެވެ.

ޗައިނާގެ އެހީގައި 50 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ނިންމިއިރު 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން މިދިޔަ ޖެނުއަރީ މަހު ވަނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން