ޖުޑިޝަރީގެ ދާއިރާގައި ޑީލްތައް ހެދި މީހުންނާއި ނުހެދި އެންމެނަށް ވެސް އިންސާފުކުރެވޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިއަދު އެކްސްގައި ވިދާޅުވީ ސަރުކާރުތަކާ ޑީލް ހަދައިގެން ފަނޑިޔާރު ކަމުގެ މަގާމުތަކުގެ ކުރިއެރުން ބައެއް ފަރާތްތަކުން ހޯދާފައިވާ ކަމަށެވެ. އަދި ސަރުކާރުތަކާ ޑީލް ނުހެދި ފަނޑިޔާރުންގެ މަގާމު ގެއްލިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ އެންމެނަށް، އެމީހުންގެ އަމަލު ތަކުގެ މައްޗަށް އިންސާފު ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު އެފަދައިން ވިދާޅުވި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު މި މަހުގެ 14 ވަނަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމިފަހުން ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް ސަސްޕެންޑްކުރުމަށް ފަހު އެވެ.
އެ މައްސަލައިގައި ފަނޑިޔާރު ހުސްނުއް ސުއޫދުވެސް ސަސްޕެންޑްކުރި އެވެ. ނަމަވެސް އޭނާ ވަކިކުރުމުގެ ކުރިން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ފަހުން ސުއޫދުގެ ބަދަލުގައި މިދިޔަ މާޗު މަހު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރިީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކޮށްފަ އެވެ.
އަޒްމިރަލްދާއާއި މަހާޒް ވަކިކުރި ފަހުން އެ ދެ މަގާމަށް ހުޅުވުލާލުމުން 12 ބޭފުޅަކު ވަނީ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު