އައްޑޫސިޓީ މަރަދޫގައި ކުރިއަށްދާ ޑީޑީކަޕް 2025 ގައި އެފްސީ ޒެފެއަރ އަދި ޔުނައިޓެޑްމައިލޯ މިއަދު ބައްދަލުކުރި މެޗު 0-1 ޔުނައިޓެޑް މައިލޯ ކާމިޔާބު ކޮށްފިއެވެ.
އެފްސީ ޒެފެއަރއާއި ޔުނައިޓެޑް މައިލޯ މިއަދު ބައްދަލުކުރި މެޗުން ފެނިގެންދިޔައީ ދާދި ހަމަ ކުޅުމެކެވެ. އަދި މިއަދު މެޗަކީ މިހާތަނަށް މިމުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ އަދި ޚާއްސަކޮށް ފައުލް މަދު މެޗެވެ.
މިއަދުގެ މިމެޗަށް ބަލާއިރު ފުރަތަމަ ހާފުފެށިގެންދެޓީމުގެ ކުޅުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ އެޓޭކިން އަދި އެހާމެ ސްޕީޑް އަވަސް ކުޅުމެކެވެ. ދެޓީމުންވެސް ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް ފުރަތަމަހާފުގެ ފުރަތަމަ 20 މިނިޓަށްފަހު ޒެފެއަރ މެޗް ކޮންޓްރޯލް ކޮށްގެން ގިނަވަގުތު ޔުނައިޓެޑް މައިލޯގެ ހާފުތެރޭ ކުޅުނުތަންފެނިގެން ދިޔައެވެ. އެހެންނަމަވެސް ޒެފެއަރ އަކަށް ޔުނައިޓެޑް މައިލޯގެ ޑިފެންސް ލައިން ފޫއަޅާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ހާފު ނިމިގެންދިޔައީ ޒެފެއަރ އަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފު ފެށިގެންވެސް ޒެފެއަރ ގޭމް ކޮންޓްރޯލް ކަރަމުންދަނިކޮށް ޔުނައިޓެޑް މައިލޯއިން ކުޅުން ރަނގަޅުކޮށް ގޭމްކޮންޓްރޯލް ނެގީ ފަހުހާފުގެ 20 މިނިޓް ގެ ކުޅުން ނިމުނުފަހުންނެވެ. ޔުނައިޓެޑް މައިލޯއިން ދިޔައީ ޒެފެއަރގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ޒެފެއަރގެ ކީޕަރުގެ ހުޝިޔާރު ކަމާހުރެ ގިނަ ހަމަލާތަކެއް ވަނީ ދިފާއުކޮށްފައެވެ.
މިއަދު މެޗުން ފެނުނު ހަމައެކަނި ލަނޑު ޔުނައިޓެޑް މައިލޯއިން ޖަހާފައިވަނީ މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވެ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ޖާޒީ ނަންބަރު 11، ޒާއިން ޒަފަރުއެވެ.
މިއަދުގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ޔުނައިޓެޑް މައިލޯގެ ޖާޒީ ނަންބަރު 11، ޒާއިން ޒަފަރު އެވެ.
ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ ފޭދޫގެ ފްރެންޑްސް ކުލަބް އަދި ހިތަދޫގެ މައިލޯސިޓީ ސްޕޯރޓް ކްލަބް އެވެ. މި މެޗު އޮންނާނީ 24 މެއި 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު