މިހާރު ކުރިއަށްދާ އެފްއޭއެމް ލީގް ކަޕްގައި ނިއުރޭޑިއަންޓް އޮތީ ސެމީ ފައިނަލްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލަށް ދަތުރުކުރުންކަމަށް އެ ޓީމުން ބުނެފިއެވެ.
ނިއުގެ ސީނިއަރ ވައިސް ޗެއަރމަން އަދި ނިއުގެ މެނޭޖަރ ޢަލީ އިބްރާހީމް (ކައްޕި) ވިދާޅުވީ، މި މުބާރާތަށް ކުރިމަތިލީ އިރު ނިއުއިން ކަނޑައެޅި ހިސާބަށް މިހާރުވެސް އާދެވިފައިވާކަމަށެވެ. އެއީ ގަދަ ހަތަރެއްގައި ހިމެނުންކަމަށް ކައްޕި ވިދާޅުވިއެވެ.
ނަމަވެސް، މުބާރާތުގައި ކުރިއަށް ދިޔުމުގައި އެންމެފަހުން ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް 2 – 2 އިން އެއްވަރުވުމަކީ ޓީމަށް ލިބުނު ފިލާވަޅެއް ކަމަށާއި އެހެންކަމުން ސެމީ ފައިނަލްގައި ޓީމު ނުކުންނާނީ އާ ހިތްވަރަކާ އެކު ރަނގަޅު ނަތީޖާއެއް ނެރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
"ސެމީއަށް ނުކުންނައިރު އެބައުޅޭ ކުދިކުދި އިންޖަރީސް، އެކަމު އެތަން ހަމަ ފޫބައްދައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސެމީ ފައިނަލް މެޗް ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް އަރުވަން" ކައްޕި ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓީމުގެ ކާމިޔާބީ ގުޅިފައިވަނީ ސަޕޯޓަރުންނާ ކަމަށްވާތީ ހުރިހާ ސަޕޯޓަރުން ވެސް ސެމީފައިނަލްގެ މެޗް ބެލުމަށް ދަނޑަށް އައިސް ދަނޑު ފުރާލުމަށް އެދޭކަމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މެއި 25 ވާ އާދިއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު