ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކޮށް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ އުންމީދުތަކަކާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ އަޒުމަކާއި، އެކަމަށް އެކަށީގެންވާ ޕްލޭންތަކަކާ އެކުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސްގެ ވައުދުފުޅުތައް ފުއްދުމަށްޓަަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އަދި އެކަންކަން ކުރެވެމުންދަނީ ވަރަށް ގިނަ ކަންކަން ގުޅިލާމެހިފައިވާ ނިޒާމަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ތެރެއިންވެސް ގިނަ ކަންކަން ގުޅިފައިހުންނަނީ ފައިސާއާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންނާ ހަމައަށް ފައިސާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގަ، އެއީ ގެދޮރިވެރިކަން ކަމުގައި ވިޔަސް، ވިޔަފާރިއެއް ފެށުން ކަމަށް ވިޔަސް، މި ހުރިހާ ކަމެއްގައި ވަރަށް ބޮޑަށް ބެންކުގެ ހިދުމަތާ މިވަނީ ގުޅި ލާމެހިފަ." ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދެއްވުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރަމުން ވަޒީރު ވިދާޅުވީ ގެދޮރުވެރިކަން އަދި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އަމިއްލަ ވަޒަނުގައި ތިބެގެން ފައިސާ ޖަމާކޮށް، ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސްގެ ވަރަށް މުހިންމު ވަޢުދެއް ކަމަށެވެ. އަދި މި ހިދުމަތް ވީހާވެސް އަވަހަށް ނިންމެވުމަށްޓަަކައި ރައީސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ކުރިން އޭޓީއެމް ގާއިމް ކޮށްފައިނުވާ 10 ރަށެއްގައި މި ސަރުކާރުން ވަނީ އޭޓީއެމް ގާއިމް ކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކޮށް ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު