ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.
ދިވެހި ޚާރިޖިއްޔާއިން އިއްޔެ ބުނެފައިވަނީ، ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ކަމަށެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
މިބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދުގައި އެކުލަވާލެވުނު ‘އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް’ގެ ތެރެއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
“ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައިކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމުނެވެ.” ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ގިނަ ވުޒާރާތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު