މިނިވަން ދުވަހާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން ނިންމައިފިއެވެ.
ވީއައިއޭގެ މަޝްރޫއަކީ ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއި ސަރުކާރުން ބުނީ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމްގައި އެމްއޭސީއެލް)ގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވީ މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލާ އެކުގައި ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އާ ޓާމިނަލްގައި ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހުންނައިރު، އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ގާއިމުކުރާނެ ކަމަށެވެ. އަދި މި ބަދަލުތަކާ އެކުގައި މަސައްކަތް ކުރަނީ ވީއައިއޭގެ ހިދުމަތްތައް މިހާރަށް ވުރެ ބޮޑަށް ރަނގަޅު ކުރުމަށް ކަމަށް ޝަފީޒު އަހުމަދު ވިދާޅުވިއެވެ.
ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށްވެސް ޝަފީޒު ވިދާޅުވިއެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރުގެ އާ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ މަޝްރޫއު ގާތްގަނޑަކަށް އޮތީ ހުއްޓިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ނިމިފައިވަނީ އާ ޓާމިނަލްގެ 54 އިންސައްތަ މަސައްކަތެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ދޮޅު އަހަރުގެ ތެރޭގައި ވަނީ އެއާޕޯޓުގެ އާ ޓާމިނަލްގެ 40 އިންސައްތަ އަށް ވުރެ ބޮޑު ބައި ނިންމައި ހުޅުވަން ތައްޔާރުވެފައެވެ. މިއީ މި ސަރުކާރުން އެއާޕޯޓު ހުޅުވަން އިސްކަން ދިން މިންވަރު ހާމަވެގެން ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު