ރަށްރަށުގެ މަގު ހެދުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މައުލޫމާތު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ހޯދަން އެދިފައިވާ މައުލޫމާތެއް ފޯރުކޮށްދިނުމުގައި ސައްހަ ނޫން މައުލޫމާތެއް ހިއްސާ ކޮށްފައިވާތީ، އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މެއި 3 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަށްރަށުގައި މަގު ހެދުމަށް ތަފާތު ކުލަތަކުގައި ގައު އެތުރުމަށް އެދި ރަށްރަށުން އެދިފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އެދިފައިވާ ރަށްތައް ދެނެގަތުމަށް އަމިއްލަ ފަރާތަކުންވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން، ރައީސް އޮފީހުގައި އެދިފައެވެ.
ނަމަވެސް ރައީސް އޮފީހުން ޖަވާބުގައި ބުނެގައިވަނީ މި މައުލޫމާތު ހާމަކުރެވޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށެވެ. އޭގެ ފަހުން އެފަރާތުން ވަނީ މައުލޫމާތު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެދިފައެވެ.
މިނިސްޓްރީން މިކަމަށް ދިން ޖަވާބުގައި ބުނީ އެއްވެސް ކައުންސިލަކުން ތަފާތު ކުލަކުލައިގެ ގައު އެތުރުމަށް އެދިފައި ނުވާކަމަށެވެ. އަދި އެފަދަ ހުށައެޅުމެއް ރަސްމީކޮށް އެ މިނިސްޓްރީއަށް މިހާތަނަށް ލިބިފައިނުވާކަމަށް ވެސް ބުނެފައި ވެއެވެ.
އެފަރާތުން ވަނީ ރައީސް އޮފީހުގެ ޖަވާބާއި މިނިސްޓްރީގެ ޖަވާބުވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން މިނިސްޓަރ މުއްތަލިބު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމައްސަލައިގައި އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި އަދި އެކަން އިސްލާޙުކޮށް އަލުން މައުލޫމާތު ފޯރުކޮށްދިނުމަށް އަންގަވާފައިވާނެ ކަމަށެވެ.
އަދި ރަށްރަށުގައި މަގުތައް ހެދުމުގައި ތަފާތު ކުލަކުލައިގެ ގައު އެތުރުމާއި ގުޅޭގޮތުން މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އއ. ތޮއްޑޫ ކައުންސިލުން އެކަމަށް އެދި ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަންގަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދީފައި މިވަނީ ރަނގަޅަކަށްނޫނެވެ. އެކަން އިސްލާޙުކޮށް އަލުން ޖަވާބު ދިނުމަށް އަޅުގަނޑު ވާނީ ދަންނަވާފައެވެ. މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ތޮއްޑޫ އިން ރަސްމީކޮށް ސިޓީއަކުން 8 ޖަނަވަރީ 2024 ގައި އެކަމަށް… https://t.co/x2qTGUNh10
— Abdulla Muththalib (@muththo) May 27, 2025
އަދި ރަށްރަށުގައި މަގުތައް ހެދުމުގައި ތަފާތު ކުލަކުލައިގެ ގައު އެތުރުމާއި ގުޅޭގޮތުން މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އއ. ތޮއްޑޫ ކައުންސިލުން އެކަމަށް އެދި ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަންގަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު