ކުރިއަށް އޮތް އަޟްހާ އީދާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުވާނެކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ މިއަދު އެކްސްގައި ވިދާޅުވީ މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަައް ކަމަށެވެ.
ކަލަންޑަރުގައި ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމަށް ސައުދީ އަރަބިއްޔާއިން އިއްޔެ އޮތީ ކަނޑަވެސް އަޅައިފަ އެވެ.
އެއާއެކު އީދުގެ ފުރަތަމަ ދެ ދުވަސް ހަފްތާ ބަންދާ ދިމާވާތީ މި ފަހަރު ބަންދުގެ ގޮތުގައި ޖުމްލަ ލިބެނީ ފަސް ދުވަހެވެ.
މިއީ މި ފަހުން ބޮޑު އީދު ބަންދުގެ ގޮތުގައި އެންމެ މަދުން ބަންދު ލިބޭ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު