ކަނޑޫދޫ ސުކޫލު ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓައިލުން
ކަނޑޫދޫ ސުކޫލު ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓައިލުން
ތ. ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓުވާލި މައްސަލާގައި އެސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރެއް ހައްޔަރުކޮށްފިއެވެ.

މިމަހުގެ 26 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ، އެދުވަހުގެ ހެނދުނު 10:50 އެހާއިރު ތ. ކަނޑޫދޫ ސްކޫލްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު އެ ސްކޫލް ދަރިވަރެއްގެ އަތުގެ އިނގިލީގައި ހިފާ، އަނބުރާލާ ހުޅުން ނައްޓުވާލި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފުލުހުންވަނީ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

މިޙާދިސާ ހިނގާފައިވަނީ، ކަނޑޫދޫ ސްކޫލްގައި ތަޢުލީމް ޙާސިލް ކުރަމުންދާ ޢުމުރުން 11 އަހަރުގެ ދަރިވަރު ގެންގުޅުނު ފެންފުޅިން ޓީޗަރުގެ ގައިގައި ޖެހުމުން، ޓީޗަރު އެދަރިވަރުގެ އިނގިލި އަނބުރާލުމުންނެވެ. އަދި ހަމަ އެ ވަގުތު ޓީޗަރު އެ ކުއްޖާގެ އިނގިލީގެ ހުޅު އަޅުވައިދިން ނަމަވެސް، ފަހުން ކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީ އެއަތޮޅު ކަނޑޫދޫއަށް ގެންގޮސް ސިއްހީ ފަރުވާ ދީފައިވެއެވެ.

މި މައްސަލާގައި ބިދޭސީ ޓީޗަރު ހައްޔަރު ކޮށްފައިވާއިރު، މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން