ތ. ކަނޑޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރެއްގެ އަތުން އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލި ހުޅުން ނެއްޓުނީ ގަސްތަކާ ނުލައި ޓީޗަރަށް ގެނެވުނު ޙަރަކާތަކުން ކަމަށް މޭރުންވާގޮތަށް ތަޢުލީމީ ވުޒާރާއިން ވާހަކަދައްކައިފިއެވެ.
ރާއްޖޭގެ މީޑިއާއަކުން ތަޢުލީމާބެހޭ ވުޒާރާއާ ޙަވާލާދީ މިއަދު ބުނެފައިވަނީ، ދަރިވަރަށް އަނިޔާއެއް ދިނުމުގެ ގަސްދު ޓީޗަރުގެ ނެތް ކަމަށެވެ. ނަމަވެސް ޓީޗަރުގެ ބުރަކަށީގައި ދަރިވަރު ފެންފުޅިން ޖެހުމުން ޓީޗަރަށް އެނބުރިފައި ދަރިވަރުގެ އިނގިލީގައި ހިފުނީ ކަމަށް ތަޢުލީމާބެހޭ ވުޒާރާގެ އޮފިޝަލަކާ ޙަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.
އަދި މި ހާދިސާއަށްފަހު، ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި އަނިޔާލިބުނު ދަރިވަރުގެ ބެލެނިވެރިން ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން ޒުވާބު ކޮށްފައިވާ ކަމަށްވެސް ތަޢުލީމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އޭގެއިތުރުން ދަރިވަރަށް އަނިޔާވި ޙާދިސާއާއި، އޭގެ ފަހުން އެކަމުގައި ބެލެނިވެރިން ޢަމަލުކުރި ގޮތުގެ މައްސަލަވެސް ބަލަމުން ދާކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ދަރިވަރަށް އަނިޔާއެއް ދިނުމުގެ ގަސްދު ބިދޭސީ ޓީޗަރުގެ ނެތްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ބުނެފައިވާއިރު ފުލުހުން އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ބިދޭސީ ޓީޗަރު ހައްޔަރު ކޮށްފައެވެ.
މިމަހުގެ 26 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ، އެދުވަހުގެ ހެނދުނު 10:50 އެހާއިރު ތ. ކަނޑޫދޫ ސްކޫލްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު އެ ސްކޫލް ދަރިވަރެއްގެ އަތުގެ އިނގިލީގައި ހިފާ، އަނބުރާލާ ހުޅުން ނައްޓުވާލި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މިޙާދިސާ ހިނގާފައިވަނީ، ކަނޑޫދޫ ސްކޫލްގައި ތަޢުލީމް ޙާސިލް ކުރަމުންދާ ޢުމުރުން 11 އަހަރުގެ ދަރިވަރު ގެންގުޅުނު ފެންފުޅިން ޓީޗަރުގެ ގައިގައި ޖެހުމުން، ޓީޗަރު އެދަރިވަރުގެ އިނގިލި އަނބުރާ ލުމުންނެވެ. އަދި ހަމަ އެ ވަގުތު ޓީޗަރު އެ ކުއްޖާގެ އިނގިލީގެ ހުޅު އަޅުވައިދިން ނަމަވެސް، ފަހުން ކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީ އެއަތޮޅު ކަނޑޫދޫއަށް ގެންގޮސް ސިއްހީ ފަރުވާ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު