ހިޔާ ޓަވަރުތައް
ހިޔާ ޓަވަރުތައް
ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެވަނަ ޓަވަރުގައި ގާއިމުކުރި ދެ ލިފްޓު ބޭނުންކުރަން ފަށައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު "ރަސް" އަށް ވިދާޅުވީ ދެވަނަ ޓަވަރުގައި ގާއިމުކުރި ދެ ލިފްޓް ބޭނުންކުރަން ފެށީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެއީ ސްޓްރެޗަރުވެސް އުފުލޭ ވަރުގެ ބޮޑެތި ލިފްޓްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެހެން ޓަވަރުތަކުގައި އަލަށް ހަރުކުރަމުންދާ ލިފްޓުތައް ބޭނުންކުރަން ފަށާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ ހިޔާ ފްލެޓްތަކުގައި 32 ލިފްޓް ހަރުކުރުމަށް 278 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން