ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފައިވާ ހުނަރުވެރި ތަޖުރިބާކާރު ކުޅުންތެރިންނާއި އަދި މިހާރުވެސް ގައުމީޓީމަށް ކުޅެމުން އަންނަ މޮޅު ކުޅުންތެރިން ހިމެނޭ މައިލޯސިޓީ ސްޕޯޓްސް ކުލަބް މުބާރާތުގައި ކުޅުނު ހުރިހާ މެޗުތަކުން މޮޅުވެ، ތާވަލްގެ އެންމެ ކުރީގައި އޮވެގެން ގްރޫޕް ސްޓޭޗުގެ މެޗުތައް ނިންމާލައިފިއެވެ.
މިމުބާރާތުގައި ވާދަކުރި 5 ޓީމުންވެސްވަނީ ގުރޫޕްސްޓޭޖުގައި 4 މެޗު ކުޅެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ފޮއިންޓް ތާވަލްގެ އެންމެ ކުރީގައި އޮތީ 12 ޕޮއިންޓާއި ފައިދާ 12 ގޯލާއެކު އޮތް މައިލޯސިޓީއެވެ. ވާދަވެރި ފްރެންޑްސް ކުލަބް އޮތީ އެއްމެޗުން ބަލިވެ، ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއި ފައިދާ 4 ގޯލާއެކު ތާވަލްގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތީ ދެމެޗުން ބަލިވެ ދެމެޗުން މޮޅުވެ 6 ޕޮއިންޓާއި މައިނަސް 4 ގޯލާއެކު ޔުނައިޓެޑް މައިލޯއެވެ. ހަތަރުވަނައިގައި އޮތީ އެއްމެޗުން އެއްވަރުވެ ތިންމެޗުން ބަލިވެ މައިނަސް 5 ގޯލާއެކު އޮތް އެފްސީ ޒެފެއަރ އެވެ.

5 ވަނައިގައި އޮތީ އެސްއެމްޓީ އެވެ. މިޓީމުވެސް 4 ވަނައިގައި އޮތް އެފްސީ ޒެފެއަރ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ އެވެ. މުބާރާތުގައި އެންމެ ފަހަތުގައި އޮތީ އެއްމެޗުން އެއްވަރުވެ އަނެއް ތިން މެޗުން ބަލިވެ ބައިކޮޅަށް ވަން ލަނޑުގެ ތަފާތުންނެވެ.1 ޕޮއިންޓް ލިބުނުއިރު މައިނަސް 6 ގޯލް އެބައޮތެވެ.

ސެމީފައިލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއްވަނައިގައި އޮތް މައިލޯސިޓީއާއި ހަތަރުވަނައިގައި އޮތް އެފްސީ ޒެފެއަރ އެވެ. މިމެޗު އޮންނާނީ މާދަމާ، މެއި 29 ވާ ބުރާސްފަތި ދުވަހުހަވީރު 3:45 ގައިއެވެ.

ކިޔުންތެރިންގެ ހިޔާލު