އައްޑޫ ލިންކްރޯޑުގައި ހުރި ވަޅުގަނޑުތަކަށް ތާރު އަޅަން ހޭދަކުރާނެ ފައިސާ ސަރުކާރުގައި ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ލިންކް ރޯޑުގައި ހުރި ވަޅުގަނޑުތަކަށް ދޮންވެލި އެޅުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު، ޕަބްލިކް ވޯކްސް އިން ވަނީ އެކްސްގައި ހިއްސާ ކޮށްފައެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ސުވާލުކުރުމުން އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވީ އައްޑޫގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ދޮންވެލިފިޔަވައި އެތަންތަނަށް އަަޅާނެ އެއްޗެއް ނެތްކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ސިޓީ ކައުންސިލަކު ތާރެއް ނެތް ކަމަށާއި، މަގުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ތާރު އެޅުމަށް އެދުމުން އެކަމަށް ފައިސާ ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާތީ، ސިޓީ ކައުންސިލުން މިހާރު 50 ފީފާ ތާރު ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި ތާރު ލިބުމުން މަގުތަކުގައި އަޅާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީ ލިންކްރޯޑަކީ އެތައް އަހަރެއް ވެފައިވާ މަގެކެވެ. އެ މަގުގެ އެކި ހިސާބުގައި ވަޅުގަނޑުތައް ހެދިފައިވާތީ އެކަމުގެ ސަަބަބުން ދުއްވާމީހުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު