މައިލޯސިޓީ އަދި އެފްސީ ޒެފެއަރ ބައްދަލުކުރި ސެމީފައިނަލް މެޗުގެތެރެއިން - ފޮޓޯ: ޑީޑީ ކަޕް
މައިލޯސިޓީ އަދި އެފްސީ ޒެފެއަރ ބައްދަލުކުރި ސެމީފައިނަލް މެޗުގެތެރެއިން - ފޮޓޯ: ޑީޑީ ކަޕް
ޑީޑީ ކަޕް 2025: ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އެފްސީ ޒެފެއަރއާއި ވާދަކޮށް 4-0 އިން މައިލޯ ސިޓީ ކާމިޔާވުކޮށް ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ "ޑީޑީކަޕް 2025" އިލެވެން އެސައިޑް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މިއަދު ހަވީރު ކުޅުނު މައިލޯސިޓީ ސްޕޯޓްސް ކުލަބާއި އެފްސީ ޒެފެއަރ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ މައިލޯސިޓީ ވަރަށް ވަރުގަދަޔަށް ކުޅެމުންދިއަތަނެވެ. އެގޮތުން މުޅިހާފުގައި ހަތްދިހަ އިންސައްތަ ބޯޅަ ގެންގުޅެފައިވަނީ މައިލޯސިޓީއެވެ.

މައިލޯ ސިޓީން ވަނީ ޒެފެއަރގެ ގޯލަށް ހަމަލާއެއްފަހު ހަމަލައެއް ފޮނުވައި އެގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް އޭގެތެރެއިން ކާމިޔާބުކުރެވުނީ އެންމެ 02 ލަނޑެވެ. އެއީ މެޗުގެ 12 ވަނަ މިނިޓުގައި ޖޯޒީ ނަންބަރު 17، އިބްރާހީމް މަޙްދީ ވައްދާލި ލަނޑާއި 32 ވަނަ މިނިޓުގައި ޖޯޒީ ނަންބަރު 13، ހިސާމު ސަލީމް ކާމިޔާބުކޮށްދިން ލަނޑެވެ.

ފުރަތަމަ ހާފުގައި ޖުމްލަ 03 ބަދަލެކެވެ. އެއީ މެޗުގެ 18 ވަނަ މިނިޓުގައި މައިލޯސިޓީއިން ޖޯޒީ ނަންބަރު 14، ނާޝިދުގެ ބަދަލުގައި ކުލެން އެރީ ޖޯޒީ ނަންބަރު 30، ނަޝީދެވެ. އަނެއް ދެބަލުގެނެސްފައި މިވަނީ ޒެފެއަރ އިންނެވެ. އެއީ 34 ވަނަ މިޓުގައި ޖާޒީ ނަމްބަރު 6 ޝާޝްގެ ބަދަލުގައި ޖޯޒީ ނަންބަރު 8 ނާހިލްއެވެ. އަދި 36 ހަވަނަ މިނިޓުގައި 9 ނަމްބަރު އީމާންގެ ބަދަލުގައި 11 ނަމްބަރު ދާނިޝް ކުޅެން އެރުމެވެ.



މައިލޯސިޓީ ގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި ޖޯޒީ ނަންބަރު 13، ހިސާމު ސަލީމްއެވެ. މިހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ މައިލޯ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޒެފެއަރ ޓީމުން މާރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހު ހާފު ފެށިގެން ޒެފެއަރޓީމުން ވަނީ މައިލޯސިޓީ ހިފަހައްޓަން މަސައްކަތްކޮށްފައެވެ. އެޓީމުންވަނީ މިހާފުގައިވެސް ބަދަލެއް ގެނެސްފައެވެ. ނަމަވެސް މައިލޯސިޓީ އިން ބަދަލުތަކެއް ގެނެސްފައެވެ. 70 ވަނަ މިނިޓުގައި ޖޯޒީ ނަމްބަރު 20 ޔުސްރުގެ ބަދަލުގައި ކުޅެން އެރީ 13 ނަމްބަރު ރާއިފުއެވެ. މިހާފުގައި މައިލޯސިޓީއިން ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. 71 މިނިޓުގައި 5 ނަމްބަރު، މުބީން ފޭބުމަށްފަހު 33 ނަމްބަރު، މެސީވަނީކުޅެފައެވެ. 75 ވަނަ މިނިޓުގައި 30 ނަންބަރު ނަޝީދުގެ ބަދަލުގައި 12 ނަންބަރު އިންޝަލް ވަނީ ކުޅެފައެވެ. 80 މިނިޓުގައި 02 ކުޅުންތެރިންވަނީ ބަދަލުކޮށްފައެވެ. އެއީ 06 ނަމްބަރު ނިޝާމްގެ ބަދަލުގައި 07 ޢަލީ އަޝްފާގު އަދި 9 ނަމްބަރު ސިދާމުގެ ބަދަލުގައި 4 ފަސާހް ކުޅެން އެރުމެވެ.

ފަހުހާފުގައި ރަނގަޅަށް ކުޅެ ޒެފެއަރ އިން ލަނޑެއް ޖެހޭތޯ ވަރަށް މައިލޯސިޓީ ގޯލް އޭރިއާތެރެއަށް މަސައްކަތް ކުރިއެވެ. ނަމަވެސް ލަނޑަށް ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ. ދެންވެސް ލަނޑުތަކެއް ފެންނަންފެށީ މައިލޯސިޓީގެ ފަރާތުންނެވެ. އެޓީމުންވަނީ 02 ލަނޑު ޖަހައި ނަތީޖާ 4-0 ބަދަލުކޮށްފައެވެ. މި ދެލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެންއެރި ޖޯޒީ ނަމްބަރު 30 މުޙައްމަދު ނަޝީދު އާއި 87 ވަނަ މިނިޓުގައި އަލީ އަޝްފާގު އެވެ.



މިއަދުގެ މެޗު ނިމިގެން ދިޔައީ 4-0 އިން މައިލޯސިޓީ މެޗުކާމިޔާކޮށް ފައިނަލަށް ގޮސްގެންނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކީ މައިލޯސިޓީގެ ޖޯޒީ ނަމްބަރު 17، އިބްރާހީމް މަހުދީއެވެ.

މައިލޯސިޓީ ފައިނަލަށް ގޮސްފައިވާއިރު އެޓީމުންވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ކުޅުނު ހުރިހާ މެޗުތަކުން މޮޅުވެފައެވެ. މިޓީމުގައި ރާއްޖޭ ގައުމީފެންވަރު 05 ކުޅުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.

މާދަމާކުޅޭ ސެމީފައިނަލްގެ ދެވަނަމެޗެވެ. އެމެޗުގައި ބައްދަކުރާނީ ފްރެންޑްސް ކުލަބާއި ޔުނައިޓެޑް މައިލޯއެވެ. މިމެޗުވެސް ފެށޭނީ މާދަމާ ހަވީރު، 3:45 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން