ފްރެންޑްސް ކުލަބް އަދި ޔުނައިޓެޑް މައިލޯ ބައްދަލުކުރި ސެމީފައިނަލް މެޗުގެތެރެއިން - ފޮޓޯ:ޑީޑީކަޕް
ފްރެންޑްސް ކުލަބް އަދި ޔުނައިޓެޑް މައިލޯ ބައްދަލުކުރި ސެމީފައިނަލް މެޗުގެތެރެއިން - ފޮޓޯ:ޑީޑީކަޕް
ޑީޑީ ކަޕް 2025: ސެމީފައިނަލްގެ ދެވަނަ މެޗުގައި ފްރެންޑްސް ކުލަބާ ޔުނައިޓެޑް މައިލޯ ވާދަކުރި މެޗު 5-2 ލަނޑުން ފްރެންޑްސް ކުލަބް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ "ޑީޑީކަޕް 2025" އިލެވެން އެސައިޑް ފުޓުބޯޅަ މިބާރާތުގައި މިއަދު ހަވީރު ޔުނައިޓެޑް މައިލޯ އަދި ފްރެންޑްސް ކުލަބް ވާދަކުރި މެޗް ފްރެންޑްސް ކުލަބުން ކާމިޔާބުކުރީ 5-2 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ފްރެންޑްސް ކުލަބް ސެމީގައި ވާދަކުރީ މުބާރާތުގެ ޕޮއިންޓްޓޭބަލްގެ ދެވަނައިގައި އޮވެގެންނެވެ. ޔުނައިޓެޑް މައިލޯ ވާދަކުރީ ތިންވަނަޓީމެއްގެ ގޮތުގައި އޮވެގެންނެވެ.

ސެމީ މެޗުގައި މިދެޓީމުގެ ކުޅުމަށް ބަލާއިރު، ފުރަތަމަ ހާފް ފެށިގެން އިރުކޮޅެއް ނުވަނީސް ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ ޔުނައިޓެޑުންނެވެ. މެޗުފެށިގެން 4 ވަނަ މިނިޓާއި 10 ވަނަ މިނިޓުގައި ޖެހި މިދެލަނޑުވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޢަލީ ސަދޫފު (ޖނ 9) އެވެ. މި ދެލަނޑުވެސް ޔުނައިޓެޑުން ޖެހިއިރު ފްރެންޑްސް ކުލަބަށް އޭރު އަދި ކުޅުމުގެ ތެރެއަށް ނުވަދެވެ. ނަމަވެސް ޔުނައިޓެޑުގެ ދެވަނަ ލަނޑަށް ފަހު ފްރެންޑްސް ކުލަބުގެ ކުޅުން ހަމައަކަށް އެޅި ޔުނައިޓުގެ ގޯލެއް ނުރައްކާކުރަން ފަށިއެވެ. ގޯލް އޭރިއާތެރެއިން ފްރެންޑްސް ޓީމުގެ ފޯވާރޑުން ހިފަހައްޓާނުލެވިގެން ޔުނައިޓެޑުން ނެޗުގެ 12 ވަނަ މިނިޓުގައި ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފްރެންޑްސް ކުލަބުގެ ފުރަތަމަ ލަނޑުޖަހާފައިވަނީ އެޓީމުގެ މުޙައްމަދު ފާސިރު (ޖނ 12) އެވެ. މިލަނޑަށްފަހު ފާސިރު ވަނީ 20 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހުބައިގައި ދެޓީމުންގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެއް ކުޅެމުން ދެޓީމުންވެސް ހަމަލާތައް ބަދަލުރަމުން އައިތަނެވެ. މާގިނައިރުތަކެެއް ނުވެ އަނެއްކާވެސް ލަނޑެއްޖަހައި ފްރެންޑްސް ކުލަބުން ވަނީ 36 ވަނަ މިނިޓުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޢަބްދު ﷲ ރަޝީދު (ޖނ 5) އެވެ. އޭގެފަހުންވެސް ދެޓީމަށްވެސް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުލިބުނެވެ. ނަމަވެސް ހާފުނިމިގެން ދިޔައީ އިތުރުލަނޑެނުޖެހިއެވެ.

ދެވަނަހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ފްރެންޑްސް ކުލަބުންވަނީ އިތުރު 2 ލަނޑުޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 46 މިނިޓުގައި އަދި 52 ވަނަ މިނިޓުގައި މިދެލަނޑު އެޓީމަށްކޮށްދިނީ އިބްރާހީމް އަތީގު (ޖނތ 7) އެވެ. އެއަށްފަހު ދެންފެނިގެންދިޔައީ ފްރެންޑްސް ކުލަބުން ގޭމްގެ ކޮންޓްރޯލް އެއްކޮށްނަގަމުން ދިޔަތަނެވެ. ދެޓީމުންވެސް ވަނީ ބަދަލުކުޅުންތެރިންގެ ގޮތުގައި 05 ކުޅުންތެރިޔަކު އަރުވާފައެވެ.

މިއަދުގެ މެޗު ނިމިގެން ދިޔައީ 5-2 އިން ފްރެންޑްސްކުލަބުން މެޗުކާމިޔާކޮށް ފައިނަލަށް ދަތުރުކޮށްގެންނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކީ މުޙައްމަދު ފާސިރު (ޖނ12) އެވެ.

ފްރެންޑްސް ކުލަބު ފައިނަލަށް ވާދަކުރިއިރު، އެކްލަބާއެކު ފައނަލްގައި ވާދަކުރާނީ މުބާރާތުގެ އެންމެ ވަރުގަދަ މައިލޯސިޓީއެވެ. މައިލޯސިޓީ ފައިނަލަށް ދަތުރުކުރީ ގްރޫޕްސްޓޭޖް ހުރިހާމެޗަކުން މޮޅުވެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އޮވެ، ސެމީފައިނަލްގައި ތާވަލްގެ ހަތަރުވަނަ އަށްދިޔަ އެފްސީޒެފެއަރއާއެކު ކުޅެ މޮޅޮވެގެންނެވެ.

ފްރެންޑްސްކުލަބާއި މައިލޯސިޓީ ވާދަކުރާ ޑީޑީކަޕް 2025 ގެ ފައިނަލް މެޗުގެ ކުޅުން އޮންނާނީ 01 ޖޫން ވާ އާދީއްތަ ދުވަހު ހަވީރު، 3:45 ގައި މަރަދޫ ފުޓްބޯޅަ ދަނޑުގައިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން