މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ދައުރު އިތުރުވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްގެންދިޔަ، ލައިވްސް އެންޑް ލައިވްލީހުޑް ނޮލެޖް ހިއްސާކުރުމުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށާއި، މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ފިރިހެނުންގެ ބައިވެރިވުން ބޮޑު ނަމަވެސް، މަހުން ތަކެތި އުފެއްދުމުގައި އަންހެނުންގެ ދައުރު ފުޅާވަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަމުގެ އިގްތިސާދުގައި އަންހެނުންގެ ހިއްސާ އިތުރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަމާމެދު ގެންގުޅުއްވާ ސިޔާސަތުތަކަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ޕްރޮމޯޓްކުރާ އަދި ބާނާ މަހުގެ ކޮލެޓީ ހިފައްޓާ، އުޅަނދު ފަހަރުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވާނެ ސިޔާސަތުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުދި މަސްވެރި ވިޔަފާރިތައް ހިންގަމުން ދަނީ ގޮންޖެހުން ބޮޑު ދަތި މާހައުލެއްގައި ކަމަށެވެ. އަދި އުޅަނދުގެ މެއިންޓެނަންސަށް ކުރާ ހޭދަ ބޮޑު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކެޕިޓަލް ހަރަދުބޮޑުވުމާއި ތެލުގެ އަގު ބޮޑުވުމާއި އައިސް ސަޕްލައި ކުރުމަކީ ޑިމާންޑު ބޮޑު އަދި ހަރަދުވެސް ބޮޑު ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ލައިވްސް އެންޑް ލައިވްލީހުޑް ފަންޑްގެ ދަށުން ރާއްޖޭންވެސް ގިނަަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮނުފެން ފިނިކުރެވޭނެ ނިޒާމް ގާއިމްކުރުމާއި ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) ބިނާކޮށް ކަރަންޓް ސަޕްލައިތައް ހަދައިދީގެން ރާއްޖޭގެ މަސްވެރި އުޅަނދުތައް އަޕްސްކޭލް ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު