މާލޭގެ ހަނި ގޯޅިތަކުގައި ހުންނަ ގޯތިތައް ސަރުކާރަށް ދޫކޮށްލާ މީހުންނަށް، ލާޖައްސާ އުސޫލުން ހިލޭ ގޯތި ދޫކުރުމުގެ މަޝްރޫއު މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މާލޭގައި ހަނި ގޯޅިތަކުގައާއި ކަނަކަށް ވާ ގޮތަށް ހުންނަ ގޯތިތައް ވަރަށް ގިނަ ކަމަށެވެ. އަދި އެފަދަ ގޯތިތައް ހުންނަ ގޮތުން، ގެ ހަދަން ލޯނު ނުލިބުމުގެ މައްސަލަ ދިމާވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލު ކޮށްދެއްވުމަށްޓަކައި ލާޖައްސާފައި ގޯތި ދޫކުރުމުގެ ފުރުސަތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެގޮތަށް ގޯތި ދޫކޮށްލާ މީހުންނަށް އުތުރުތިލަފަޅާއި ގުޅިފަޅާއި ގިރާވަރާއި ރަސްމާލެއިން ގޯތި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މާލެއިން ލާޖައްސާފައި ދޫކުރާ ބިން ސަރުކާރަށް ނަގައި، އެ ބަޔަކަށް ގެދޮރު އެޅުމަށް ލޯނު ނަގަންޏާ އާ ގޯއްޗެއް ހޯދުމުގެ ފުރުސަތު ދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް ވިދާޅުވީ މާލެއިން މިގޮަތަށް ދޫކޮށްލާ ގޯތިތައް ދައުލަތަށް ނެގުމަށްފަހު، ފެހި މައިޒާންތަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު