މައިލޯސިޓީއާއި ފްރެންޑްސް ކުލަބް ބައްދަލުކުރި ގުރޫޕް ސްޖޭޖު މެޗުގެ ތެރެއިން - މިމެޗުން 3-1 މޮޅުވީ މައިލޯސްޕޯޓްސް ކުލަބް ފޮޓޯ: ޑީޑީކަޕް
މައިލޯސިޓީއާއި ފްރެންޑްސް ކުލަބް ބައްދަލުކުރި ގުރޫޕް ސްޖޭޖު މެޗުގެ ތެރެއިން - މިމެޗުން 3-1 މޮޅުވީ މައިލޯސްޕޯޓްސް ކުލަބް ފޮޓޯ: ޑީޑީކަޕް
ޑީޑީކަޕް 2025: މިއަދު ފައިނަލް މެޗަށް ދެޓީމުންވެސް ނުކުންނަނީ ޓްރޮފީއާއެކު ނޫނީ ދަނޑުން ނުފައިބަން ކަމަށް ދެޓީމުންވެސް ބުނެފިއެވެ.

އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ދަނޑުގައި ފުރަތަމަ ފަހަރަށް މިއަހަރު ބާއްވަން ފެށި ޑީޑީކަޕް 2025 ގައި ފައިނަލް މެޗުގައި ވާދަކުރާ ދެޓީމް، މައިލޯސިޓީ ސްޕޯޓްސް ކުލަބާއި ފްރެންޑްސް ކުލަބް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ދެޓީމުންވެސް ބުނެފިއެވެ.

ފައިނަލުގައި ވާދަކުރާ ހިތަދޫ އަށް ނިސްބަތްވާ މައިލޯސިޓީ ސްޕޯޓްސް ކުލަބާއި ފޭދޫއަށް ނިސްބަތްވާ ފްރެންޑްސް ކުލަބަކީ މިމުބާރާތުގެ އެންމެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ދެޓީމެވެ. މުބާރާތުގައި މިދެޓީމު ބައްދަލު ކުރި މެޗަށް ބަލާއިރު، މައިލޯސިޓީވަނީ 3-1 ލަނޑުން ފްރެންޑްސް ކުލަބް ބަލިކޮށްފައެވެ. މައިލޯސިޓީވަނީ އެހެންހުރިހާ ޓީމެއްވެސް ވަނީ ބަލިކޮށްފައެވެ.

ޕޮއިންޓާވަލްގެ އެއްވަނައިގައި އޮވެ، މައިލޯސިޓީ ފައިނަލަށް އައިސްފައިވަނީ ތާވަލުގެ ހަތަރުވަނާގައި އޮތް އެފްސީ ޒެފެއަރ އާއި ވާދަކޮށް މޮޅުވެގެންނެވެ. ހަމަ އެހެންމެ ތާވަލުގެ ދެވަނައިގައި އޮވެ، ފްރެންޑްސް ކުލަބް ފައިނަލަށް އައިސްފައިވަނީ ސެމީގައި ތިންވަނަޓީމް، ޔުނައިޓެޑް މައިލޯއާ ވާދަކޮށް މޮޅުވެގެންނެވެ.

މިއަދުގެ ފައިނަލްވ މެޗަށް ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން މައިލޯސިޓީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު ހަސަން ސަލީމް ވިދާޅުވީ ޓީމް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް ފްރެންޑްސް ކުލަބަކީ މިމުބާރާތުގެ އެންމެ ފެވަރިޓް އެއްޓީމުކަމަށާއި މުބާރާތުގެ ސްޓޭޖު ގުރޫޕުގައި ފްރެންޑްސް ކުލަބް އަދި އެހެން ހުރިހާޓީމެއް މައިލޯސިޓީއަށް ބަލިކުރެވުނު ނަމަވެސް އެންމެފަހުން ފްރެންޑްސްއާއެކު ކުޅުނު ފައިނަލް މެޗުން ބަލިވެފައިވުމުން އަޅުގަނޑުމެން އެއިންފިލާވަޅު ލިބިގެންފައިވާ ކަމަށެވެ.

"އެންމެފަހުން މި ދެޓީމު ކުޅުނު ފައިނަލް މެޗުން އަޅުގަނޑުމެން ވަނީ ބަލިވެފަ. މިއީ ލިބުނު ފިލާވަޅެއް. އެޓީމުވެސް ކުރީ މެޗަށްވުރެ ވަރުގަދަވާނެ. އެހެންކަމުން މިއަދުގެ މެޗު އެއްވެސް ހާލެއްގައި އަޅުގަޑުމެންނަަށް ފަސޭހައެއް ނުވާނެ." ޙަސަން ސަލީމް ވިދާޅުވިއެވެ.

ޙަސަން އިތުރަށް ވިދާޅުވީ މިއަދު މެޗުގައި ވަރުގަދަ ފައިޓެއްދޭނެ ކަމަށާއި އަޅުގަނޑުމެންގެ ކުޅުންތެރިން ތިބީ ތައްޓާއެކު ނޫނީ ދަނޑުން ނުފޭބުމުގެ އަޒުމުގައި ކަމަށާއި ވީހާ ގިނަ ސަޕޯޓަރުން ދަނޑަށް އައިސްދިނުމަށް އެދޭކަމަށެވެ.

ފްރެންޑްސް ކުލަބުގެ މެނޭޖަރު އަތުފާނު ޚާލިދު ވިދާޅުވީ ކާޑުގެ މައްސަލައެއް އަދި އަނިޔާގެވެސް އެހާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ކުރިއަށްކުޅޭ މުހިއްމު އެއް ކުޅުންތެރިޔާ ޒިދާނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށްވެސް ކުޅެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަތުފާނު ވިދާޅުވިއެވެ.

އެހެންކަމުން ފައިނަލްމެޗަށް ޓީމުގެ ހުރިހާ ޑިޕާޓްމެންޓެއް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވިދާޅުވެ އަތުފާނު ވިދާޅުވީ މައިލޯސިޓީ އަކީ ވަރަށް ވަރުގަދަޓީމެއް ކަމަށާއި މެޗަށް ނިކުނާނީ ގްރޫޕް ސްޓޭޖުގައި އެޓީމާއެކު ބައްދަލުކުރި މެޗުން ބަލިވެފައިވާކަން ދަނެގެން މެޗުން މޮޅުވާންކަމަށެވެ. އަތުފާނު އިތުރަށް ވިދާޅުވީ މެޗަކީ އުދަގޫ މެޗަކަށްވާނެ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެވެސް އަޒުމަކީ ﷲ ގެ އިރާދަފުޅާއި މިންވަރުފުން މުބާރާތުގެ ޓްރޮފީއެކު ދަނޑުންފޭބުން ކަމަށެވެ.

ފްރެންޑްސް ކުލަބުގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގައުމީ ލެވެލްގައި ކުޅޭ އަދި ފުރަތަމަ ޑިވިޝަންގައި ކުޅެމުންއަންނަ އަދި މީގެންކުރިން ކުޅެފައިވާ ކުޅުންތެރިން ތިބިކަން ފާހަގަކޮށްލެވެ. އޭގެތެރޭގައި މުޙައްމަދު ފާސިރު، އިބްރާހީމް އަތީގު، ޕެލޭ، ރާފިލް، އައްމަޓީ އަދި ބެންޖޯގެ އިތުރުން އަވީލޯ ހިމެނެއެވެ.

މައިލޯސިޓީ ސްޕޯޓްސް ކުލަބުގެމުހިއްމު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގައުމީލެވެލް، އަދި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިން ނިސްބަތުން ގިނައެވެ. އޭގެތެރޭގައި ރާއްޖޭގައި މިވަގުތު އުފެދުނު އެންމެ މޮޅު ފުޓުބޯޅަތަރި ޢަލީ އަޝްފާގާއި ފޭދޫއިއްބޭ، މެސީ، ޖުނައިދު، ނާޝީދު ނިޝާމް އަދި ޒުވާން ކެޕްޓަން ހާޒިމް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން