ވީއައިއޭ އެއަރޕޯރޓް
ވީއައިއޭ އެއަރޕޯރޓް
ކަރަންޓް ކެނޑި މާލެ ސަރަހައްދު މިއަދު ޓޯޓަލް ބްލެކްއައުޓަކަށް ދިޔަ ނަމަވެސް، މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް އަލުން ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ އާއި ހުޅުމާލެއިން މިއަދު ކަރަންޓް ކެނޑިފައި ވަނީ 12:30 ގައެވެ. އެ ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ކަރަންޓް ކެނޑިފައިވާ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދު 2:05 ގައި އެއާޕޯޓަށް އަލުން ކަރަންޓް ދެވިފައިވާ ކަމަށެވެ.

އެގޮތުން އެމްއޭސީއެލް އިން ބުނީ މާލެއަށް މިއަދު ދިމާވި ކަރަންޓްގެ މައްސަލައިގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބައެއް ސަރަޙައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދު ކެނޑުނު ކަމަށެވެ. ނަމަވެސް އެމް.އޭ.ސީ.އެލްގެ ޕަވަރ ޖެނެރޭޝަން ސިސްޓަމުން ވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަށް އަސަރު ނުކުރާނެ ގޮތަށް ކަރަންޓު ދީފައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ބުނީ މާލެ ސަރަހައްދުން ކަރަންޓް ދިޔުމާއެކު އެއާޕޯޓުން ކަރަންޓް ދިޔައީ، އެމްއޭސީއެލްގެ ބެކަޕް ޕަމާ ޖެނެރޭޝަން ސިސްޓަމުގެ ސާވާ ގުޅިފައި ވަނީ ގްރޭޓަރ މާލެ ޕަވަރ ގްރިޑާއި ކަމަށް ވާތީ ކަމަށެވެ.

ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓް ދެމުންދާ ކަމަށާއި، ކަރަންޓް ނުދެވި ހުރި ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.



މާލޭ ސަރަޙައްދުން މިއަދު ކަރަންޓް ކެނޑި މާލެ އާއި ހުޅުމާލެ ޓޯޓަލް ބްލެކްއައުޓަކަށް ގޮސްފައިވާ މައްސަލަ ބެލުމަށް ރައީސް އެންގެވުމާ ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން ރައީސް ވިދާޅުވެފައިވަނީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން