މުޅި މާލެ ސަރަހައްދުން ގިނައިރުތަކެއްވަންދެން ކަރަންޓު ކެނޑުނު މައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
އެ ޕާޓީން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހިނގި އެ ހާދިސާގައި ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަދިވެސް ކަރަންޓު ދޭން ނުފެށޭކަމަށެވެ.
އަދި ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މާލެ ސަރަހައްދުގައި ދިރިއުޅޭއިރު ކުރިން އެންގުމަކާ ނުލާ އެހާގިނަ ވަގުތަށް ކަރަންޓު ކެނޑި އާންމު ދިރިއުޅުމުގެ ހުރިހާ ހިދުމަތެއް ހުއްޓިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ސީދާގޮތުންނާއި ނުސީދާގޮތުން އެތައް މިލިއަނެއްގެ ގެއްލުން އާންމު ރައްޔިތުންނަށް މިއަދު ވެފައިވާނޭކަމަށާއި އެކަމުގެ ޒިންމާ ދައުލަތުން ބޮލުއަޅަންޖެހޭކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޔުނިޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް އެޕާޓީން ވަނީ ގޮވާލާފައެވެ.
ޑިމޮކްރެޓްސް އިން ވަނީ މިފަދަ ޒަމާނެއްގައި މިފަދަ ކަންކަން ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ރައީސް އަންގަވާފައިވާތީ އެކަން ފުރިހަމައަށް ނިންމުމަށް ވެސް ގޮވާލާފައެވެ.
“މިކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އެ ތަހުގީގު ހަގީގީ މާނައިގައި ފުރިހަމަ ކުރައްވައި، ބޮނޑުނަގުލަށްނުވެ ކޮޅަކު ޖެހޭނެ ގޮތަށް ކުރައްވާނެކަމަށް އުންމީދު ކުރަން” ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު