ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އެ ޤައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ބޮޑުވަޒީރަށް މި ދަޢުވަތު އަރުއްވާފައިވަނީ މިދިޔަ ހަފްތާގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރިއަށްދިޔަ މަތީފަންތީގެ މަޝްވަރާތަކަށް އިންޑިއާއަށް ވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ކަމަށެވެ.
އެގޮތުން ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މިނިވަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރަސްމީ ދައުވަތު ބޮޑުވަޒީރު މޯދީއަށް އަރުވާފައިކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
ރާއްޖޭގެ މިނވަންދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އަދި ބޮޑުވަޒީރު މޯދީ ރާއްޖެއަށް ޒިޔާރަތް ކުރަށްވައިފިނަމަ މި ދަތުރުފުޅު ވެގެންދާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްދު ވެރިކަމަށް ވަޑައިގެންނެވި ފަހުން މޯދީ ރާއްޖެއަށް ކުރަށްވާ ރަސްމީ ފުރަތަމަ ދަތުރުފުޅަށެވެ. މީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު ރައީސް މުޢިއްޒު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.
މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ހީނަރުވީ ނަމަވެސް، މިހާރު ދެޤައުމުގެ ގުޅުން ދަނީ ވަރަށްބޮޑަށް ބަދަހިވަމުންނެވެ. އެގޮތުން ދެ ޤައުމުގެ އިސް އޮފިޝަލުންގެ މެދުގައި ގިނަ ޢަދަދެއްގެ މަޝްވަރާތަކެއް މިދިޔަ ދުވަސްތަކުގައި ވަނީ ހިންގާފައެވެ. ހަމަ އެހެންމެ، އިންޑިއާއިން ދަނީ ރާއްޖޭގެ އިގުތިޞާދީ އަދި މާލީ ދަތިކަން ޙައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރަށްވާކަމުގެ އަޑުތައް ގަދަވެފައިވާއިރު، މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު