ރާއްޖޭގެ އާބާދީގެ 70 އިންސައްތައަށް 5ޖީގެ ހިދުމަތް ތައާރަފް ކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވެފައިވަނީ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ބައްދަލުވުމުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ދިވެހިރާއްޖެއިން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި ލަނޑުދަނޑިތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެއިން ހިންގާ ގާތްގަނޑަކަށް ކޮންމެ ހަރަކާތެއްގެ ފަހަތުގައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ކަމަށެވެ. އަދި 2020 ވަނަ އަހަރު މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިސީޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ހަލުވިކުރަން މަޖުބޫރުވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ދިހަ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް 3ޖީ އާއި 4ޖީ މޯބައިލް ތައާރަފްކޮށްފައިވާ ކަމަށާއި، 2019 ވަނަ އަހަރު ރާއްޖެއަށް 5ޖީ މޯބައިލް ތަޢާރަފްކޮށް މިހާރު އާބާދީގެ 70 އިންސައްތައަށް އެ ޚިދުމަތް ލިބެމުން ދާކަމަށެވެ. އަދި ހަމައެހެންމެ ރާއްޖެއަށް ފައިބަރ ޓު ދަ ހޯމް (އެފްޓީޓީއެޗް) ކާމިޔާބުކަމާއެކު ތައާރަފްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ރާއްޖެ ފަދަ ޖިއޮގްރަފިކަލީ އަދި އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ގައުމަކަށް ލިބުނު ބޮޑު ކާމިޔާބެއްކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ ދިވެހި ސަރުކާރުން މިހާރު މިސްރާބު ހިފާފައިވަނީ ޑިޖިޓަލް ޓްރާންސްފޯމަޝަނަށް ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޯމަޝަން ތަސައްވުރުގެ މައްޗަށް ވަޒީރު އަލިއަޅުއްވާ ލެއްވިއެވެ.
އޭގެއިތުރުން މި ބައްދަލު ކުރެއްވުމުގައި ވަޒީރު ވަނީ ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލަންޖެހޭކަން ފާހަގަ ކުރަށްވައި، ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު