ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް އައިސްފައިވާ ބަދަލުތައް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި ބަދަލު އައިސްފައިވަނީ ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ކަމަށެވެ. އެހެން ކަމުން ކުރީން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލް ހިމެނޭ ލިސްޓެއް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރުމުން، އެ ޕްލޭން އަލުން ދިރާސާކޮށް ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި އާންމު ކުރީ މިމަހު 15 ގައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި ކުރީ ސަރުކާރުގައި އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތިއެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން ޕްލޭން އަލުން ދިރާސާކޮށް، މިހާރުވަނީ ގޯތީގެ ގުރުވެސް އަލުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު