އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ދިނުން، ފޮޓޯ: ފޮރިން މިނިސްޓްރީ
އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ދިނުން، ފޮޓޯ: ފޮރިން މިނިސްޓްރީ
އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 194 މިލިޔަން ޖަޕަނީޒް ޔެން ދީފިއެވެ.

މިއީ ޖަޕާނު ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގެ ދަށުން ދީފައިވާ އެހީއެކެވެ.

އެގޮތުން ޖޭޑީއެސްގެ ދަށުން 2025 ވަނައަހަރަށް ދިނުމަށް ހަމަޖެހިފައިވާ ހަ ސްކޮލަރޝިޕް ފުރުޞަތު ދީ، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު 'އެކްސްޗޭންޖް އޮފް ނޯޓްސް' ގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، ޝެރީނާ ޢަބްދުއްޞަމަދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން