ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމް ބޭނުންކޮށްގެން ދައުވާ އުފުލަން ފޮނުވާފައިވަނީ ފްލެޓު ދިނުން ލަސްކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އެމްޑީޕީން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ކުރީސަރުކާރުގެ ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
އެގޮތުން މި މައްސަލާގައި ދައުވާ އުފުލީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން، ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ސިނީއާ އެގްޒެކެޓިވް، މުހައްމަދު އާރިފް އާއި ލިރުގާމް ވަހީދު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
ގެދޮރުވެރިޔާ ސްކީމް ބޭނުން ކޮށްގެން ސަރުކާރުން ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް ތުހުމަތުކޮށް އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއްކޮށް ދައުވާ އުފުލަން ނިންމާފައިވާއިރު، މި ސަރުކާރުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ހަމަ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިއުކުރި ލިސްޓަށް ކަމަށެވެ.
އެމްޑީޕީން ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލު ކުރަމުންދަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށެެވެ. އަދި މި މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްޑީޕީން ބުނީ މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމުން އަލުން އާ އަމުރެއް ބޭނުންކޮށްގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.
އަދި އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލު ކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.
"މި ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ޒިންމާ މަތިކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކޮށްފައިވުމަކީ މިކަމުގައި އިންސާފުވެރި ޝަރީއަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެކަން އަންގުވައިދޭ ކަމެއް ކަމަށެވެެ.
އަދި ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ބާރުގައި އުމުރު ދުވަހު ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ކުރެއްވި ނަމަވެސް، އިންސާފުގެ މަގުން ފެއަށް ޖެހި ފަސާދައިގެ މަގުން ހިނގަމުން މިދާ ސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށްވެސް އެމްޑީޕީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު