އައިއެލްއޯ 2025 ގައި ރާއްޖޭގެ ވަފްދު
އައިއެލްއޯ 2025 ގައި ރާއްޖޭގެ ވަފްދު
ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރުކަން މިއަދު ލިބިއްޖެއެވެ.

ޖެނީވާގައި، މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އައިއެލްއޯގެ ބައިނަލްއަގްވާމީ ލޭބާ ކޮންފަރެންސްގެ 113ވަނަ ސެޝަން ދަނީ ކުރިއަށެވެ. މި ސެޝަން މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ސެޝަންގައި މިއަދު ވަނީ ރާއްޖޭގެ ވޯޓު ހިމެނޭހެން 386 ވޯޓާއެކު، ފަލަސްތީނަށް ރަސްމީކޮށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ދީފައެވެ.

މިއީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ މުޖުތަމަޢުގެ ތެރޭގައި ފަލަސްޠީނު ރައްޔިތުންގެ ޙައްގުތަކާއި ގަދަރު ބަލައިގަތުމުގައި ކުރިއަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

ސަރުކާރުން ބުނީ މި ނިންމުން ފާސްވުމުގައި ރާއްޖެއިން ފަލަސްތީނާއެކު ތިބިތިބުމާމެދު ދިވެހި ސަރުކާރުގެ ވަފުދު ފަޚުރުވެރި ވާކަމަށެވެ.

މި ގަރާރަށް ވޯޓު ލުމަށްފަހު ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، އަދުލުގެ މަގަށް، ރާއްޖޭގެ ފަރާތުން އަބަދުވެސް ތާއީދާއި އެއްބާރުލުން ލިބޭނެކަން ފާހަގަކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން