ކައިވެނި ކުރިއަސް ނެށުމުގެ ދާއިރާ ދޫކޮށްނުލާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ބުނެފިއެވެ.
އއ. އުކުޅަހަށް އުފަން ސުނީތާ އަލީ (ސުނީ) އެކަން ހާމަކުރީ މިއަހަރު އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ރޭ އެރަށުގައި ބޭއްވި ސްޓޭޖް ޝޯގައި އޭނާގެ ފޭނުންނަށް ވާހަކަ ދައްކަމުންނެވެ.
ސުނީތާ އޭނާގެ ލޯބިވެރިޔާއާއެކު ނަގާފައިވާ ފޮޓޯތަކެއް މިހާރު އާންމުވެފައިވާއިރު، އެ ފޮޓޯތަކަކީ އެންގޭޖްމަންޓުގެ ފޮޓޯތަކެއްކަމަށް މައުލޫމާތު ލިބެެެއެވެ. އެ ފޮޓޯތަކުން ސުނީއާއެކު ފެންނަ އެޒުވާނާއަކީ މިސްރަށް ނިސްބަތްވާ ސުނީ އަށްވުރެ ހަގު ޒުވާނެކެވެ.
މިކަމަށް އިށާރާތްކޮށް ރޭ އުކުޅަހުގައި ބޭއްވި ސްޓޭޖް ޝޯގައި ސުނީގެ ފޭނުންނާ ވާހަކަ ދައްކަމުން ސުނީތާ އަލީ (ސުނީ) ބުނީ އޭނާ ކައިވެނި ކުރިއަސް ނެށުމުގެ ދާއިރާ ދޫކޮށްނުލާނެ ކަަމަށެވެ. އަދި ސުނީގެ ފިރިމީހާ ވެސް އޭނާ އަށް ނެށުން މަނާނުކުރާނެ ކަމަށް ސުނީ ބުންޏެވެ. އެހެންކަމުން ޒަވާޖީ ހަޔާތެއް ފެށި ނަމަވެސް އެދާއިރާ ދޫކޮށްނުލާނެ ކަމުގެ ޔަޤީންކަން ސުނީ ވަނީ އޭނާގެ ފޭނުންނަށް ދީފައެވެ.
މީގެ އިތުރުން ވަރަށް ގިނަ މީހުން އޭނާގެ އުމުރާ ގުޅޭގޮތުން ސުވާލުކުރާތީ އެ ސުވާލަށް ސުނީ ރޭ ވަނީ ޖަވާބުދީފައެވެ. ސުނީ ބުނިގޮތުގައި އޭނާ އަށް މިހާރު އުމުރުން 47 އަހަރެވެ. އަދި އެ އުމުރުގައި އެހާ ހަރަކާތްތެރިކޮށް ސްޓޭޖްތަކުގައި ޕާފޯމް ކުރުމުގެ ފަހަތުގައި އޮތް ސިއްރަކީ ކޮބައިކަންވެސް ސުނީ ހާމަކުރިއެވެ. އެގޮތުން ސުނީގެ ކާމިޔާބީގެ ފަހަތުގައި އޮތް ސިއްރަކީ ޑިސިޕްލިން ކަމަށް އޭނާ ބުނެއެެވެ. އަދި ކާމިޔާބީ އަށް ހަމަޔަށް ވާސިލްވީ ސިނގިރޭޓް، ޝީޝާ، ފިޒީ ޑްރިންކްސް، ކޮފީ ފަދަ ތަކެތި ބޭނުންނުކުރުން ކަމަށް އޭނާ ދެކެއެެވެ.
ސުނީ އަކީ އުމުރުން އެންމެ 29 އަހަރުގެ ނެށުމުގެ ދާއިރާ އަށް ނިކުމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯތައް ހުށައަޅައި، ގިނަ ދިވެހިންގެ ލޯބި ހޯދައިފައިވާ ސޯލޯ ޕަފޯމަރެކެވެ. އޭނާ ވަނީ އުފާވެރި އަދި ހިތާމަވެރި އެކި މުނާސަބަތުތަކުގައި ޕަފޯމްކޮށްފައެވެ. މިހާރު ސުނީތާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި ތަޖުރިބާކާރު ނެށުންތެރިންގެ ތެރެއިން އެކަކެވެ.

ކިޔުންތެރިންގެ ހިޔާލު